English Edition
Dhivehi Edition

ތައިލެންޑަށް ދަތުރު ކުރާ މީހުންގެ އަތުން އިތުރު ފީއެއް ނަގަން ނިންމައިފިއެވެ.

އަންނަ އޭޕްރީލް މަހުން ފެށިގެން ތައިލެންޑަށް ދަތުރު ކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 9 އެމެރިކާ ޑޮލަރު ނަގަން ތައިލެންޑް ސަރުކާރުން ވަނީ ނިންމާފައެވެ.

ތައިލެންޑް ސަރުކާރުން ބުނާ ގޮތުގައި މިފައިސާ ހަރަދު ކުރާނީ ފަތުރުވެރިންގެ މެދުގައި މަގުބޫލް ތަންތަން އިތުރަށް ތަރައްގީ ކުރުމަށްކަމަށެވެ. އަދި ފަތުރުވެރިން އެކްސިޑެންޓް ވެއްޖެނަމަ އިންޝޫރެންސެއްގެ ގޮތުގައިވެސް މި ފައިސާ ބޭނުންކުރާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޑް19 އާއި ގުޅިގެންވެސް ތައިލެންޑުން ވަނީ ހާއްސަ ފީއެއް ނަގަން ފަށާފައެވެ. ތައިލެންޑަށް ދަތުރު ކުރާ އެންމެން ވެސް ކޮވިޑް-19 ޖެހިއްޖެނަމަ ފަރުވާ ކުރެވޭނެ އިންޝްއަރެންސަށް ފައިސާ ދައްކަން ޖެހެއެވެ. އެގައުމުގައި ހުއްޓާ ކޮވިޑް ޖެހިއްޖެނަމަ އިންޝްއަރެންސް ޕެކޭޖްގެ ދަށުން 50000 ޑޮލަރަށް ވާވަރަށް ފަރުވާ ކުރެވޭނެއެވެ.