English Edition
Dhivehi Edition
ތައިލޭންޑްގެ މައި އެއާޕޯޓް - ފޮޓޯ: ތައި ވިސާ އެކްސްޕްރެސް

ތައިލެންޑާއި ޔޫކްރެއިންގައި ތިބި ދިވެހިންވެސް ރާއްޖެ ގެނައުމަށް ނިންމައިފި އެވެ.

މިރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަުން އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން 23 މީހަކު ރާއްޖެ އަންނަން ބޭނުންވާކަން އަންގާފައިވާ ކަމަށާއި، އެމީހުން ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެމީހުންގެ ޓިކެޓް ހަމަޖެއްސުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށާއި، ޓިކެޓަށް ފައިސާ ދައްކަނީ އެމީހުން އަމިއްލަ އަށް ކަމަށެވެ.

މީގެ އިތުރުން ތައިލެންޑްގައި ތިބި 131 ދިވެހިންނާއެކު މާދަމާ ހެނދުނު އެޤައުމުން ރާއްޖެއަށް ފްލައިޓެއް އަންނާނެ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

މިރޭ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ސައުދި އަރަބިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި، މިހާތަނަށް އެކަން ކުރެވިފައި ނުވަނީ ސައުދީން ރާއްޖެ އަންނަ ފްލައިޓެއް ނެތުމުގެ ސަބަބުން ކަމަށެވެ.

މީގެ ކުރިން ސަރުކާރުން ވަނީ އިންޑިއާ، ސްރީ ލަންކާ، މެލޭޝިޔާ އަދި ނޭޕާލް އާއި ބަންގްލަދޭޝްގައި ތާށިވެފައި ތިބި ބައެއް ދިވެހިންވެސް އަނބުރާ ރާއްޖެ ގެނެސްފަ އެވެ.