English Edition
Dhivehi Edition

ތައިލެންޑްގެ ރަސްގެފާނުގެ މަންމާފުޅު، ރާނީ ސިރްކިތްގެ 90 ވަނަ އުފަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ، ބައިނަލްއަޤްވާމީ ތިންވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފި އެވެ.

މި ރަސްމިއްޔާތު އޮތީ ތައިލެންޑްގެ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެޝަން ޑިޒައިނަރުން ބައިވެރިވާ ބައިނަލްއަޤްވާމީ ތިންވަނަ ތައި ފެޝަން ވީކް މި އަހަރު ކުރިޔަށް ދަނީ ޑިސެމްބަރު 6 އިން 11 އަށެވެ.

ޑިސެމްބަރު 7 ވަނަ ދުވަހު މި ޙަރަކާތުގައި ރާއްޖެއިން ބައިވެރިވާ ފެޝަން ޑިޒައިނަރ ޖާދުﷲ އިސްމާޢީލް ހުށައަޅައިދޭ ތައި ސިލްކް ޑިޒަިންގެ ހެދުންތައް ވެސް އެކަމަނާ ބައްލަވައިލައްވާނެ އެވެ.

ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް މެޑަމް ތައިލެންޑަށް ވަޑައިގެންނެވީ، އެސޯސިއޭޝަން އޮފް ތައި ސިލްކް އެންޑް ކަލްޗަރ ޕްރޮމޯޝަންސްގެ ދަޢުވަތަކަށެވެ.