English Edition
Dhivehi Edition

ރާއްޖޭގައި ތިބި ތައިލެންޑު މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ 131 މީހަކު ފުރައިފި އެވެ.

މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގައި 131 މީހަކު ތައިލޭންޑަށް ފޮނުވާލާފައިވާއިރު ރާއްޖޭގައި ހުންނަ ތައިލެންޑު ކޮންސިއުލޭޓުން ބުނީ، މި ފްލައިޓަކީ ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން، ގައުމަށް އެނބުރި ދާން ބޭނުންވާ ފަަރާތްތަކަށް ޗާޓަރު ކޮށްގެން ބޭއްވި ފްލައިޓެއް ކަމަށެވެ.

މޯލްޑިވިއަން އިން ތައިލެންޑަށް ކާގޯ ދަތުރުތައްވެސް ބާއްވަމުން އަންނައިރު، މިއަދު ބޭއްވި ފްލައިޓަކީ ތައިލެންޑަށް ބޭއްވި ދެ ވަނަ ފްލައިޓެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މީގެ ކުރިންވެސް ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ރެސްކިއު ފްލައިޓްތަކެއް ވަނީ ބާއްވައިފަ އެވެ.މީގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށްޓަކައިވެސް ރެސްކިއު ފްލައިޓްތައްވަނީ ބާއްވާފައެވެ.