English Edition
Dhivehi Edition
މިރޭ މާލެ އަންނަ ދިވެހިން ބެންކޮކް އެއާޕޯޓްގައި ޗެކިންވަނީ - ފޮޓޯ: ޓްވިޓާ

ތައިލޭންޑްގައި ތާށިވެފައި ތިބި ބައެއް ދިވެހިން މިރޭ ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތައިލޭންޑްގައި ތިބި 26 ދިވެއްސަކު މިރޭ މާލެ އަންނާނެ ކަމަށާއި، އެ އެންމެންވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރާނެ ކަމަށެވެ.

އެމީހުން މިރޭ މާލެ އައުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ތިބި ތައިލޭންޑްގެ ރައްޔިތުންނާއެކު މިއަދު އެޤައުމަށް ފުރި މޯލްޑިވިއަންގެ ފްލައިޓްގަ އެވެ. މިއަދުގެ ފްލައިޓްގައި ތައިލޭންޑްގެ 15 މީހަކު އެނބުރި ޤައުމަށް ގޮސްފައިވާއިރު، މިހާތަނަށް ރާއްޖޭގައި ތިބި ތައިލޭންޑްގެ ޖުމްލަ 349 މީހަކު ވަނީ އަނބުރާ ޤައުމަށް ގޮސްފައެވެ.

މޯލްޑިވިއަންގެ ފްލައިޓެއްގައި ތައިލޭންޑްގައި ތިބި ދިވެހިން މިއަދު ރާއްޖެ ގެންނައިރު، އެ އެއާލައިނުން ވަނީ ރާއްޖެ އާއި ތައިލެންޑާއި ދެމެދު ކާގޯ ދަތުރުތައްވެސް ކޮށްފައެވެ.

އަދި މީގެ ކުރިންވެސް މޯލްޑިވިއަން މެދުވެރިކޮށް ސަރުކާރުން ވަނީ ބޭރު ބައެއް ޤައުމުތަކުގައި ތާށިވެފައި ތިބި ދިވެހިންތަކެއް ރާއްޖެ ގެނެސްފައެވެ.