English Edition
Dhivehi Edition
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ހުުޅުދޫ މީދޫގައި ބޭއްވި ކަލަރ ރަންގެ ތެރެއިން

އައްޑޫސިޓީ އިން މިއަދު އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 91 ކަށް އަރައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ހަވީރު 18:00 އާއި ހަމައަށް ޕޮޒިޓިވްވި 23 މީހުންގެ ތެރެއިން 11 މީހަކު ޕޮޒިޓިވްވެފައިވަނީ ހިތަދޫ އިންނެވެ. މީގެ އިތުރުން މީދޫ އިން ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ހުޅުދޫ އިން ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މަރަދޫ އިން އެކަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއާއެކު ހިތަދޫގެ ޖުމްލަ ކޭސްތަކުގެ އަދަދު 69 އަކަށް އަރާފައިވާއިރު، މީދޫގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 12 އަށް އަރާފައެވެ. ފޭދޫގެ ޖުމްލަ ކެސްތަކުގެ އަދަދު ވަނީ 4 ކަށް އަރާފައެވެ،

އައްޑޫ ސިޓީ ގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 3051 އަކަށް އަރާފައިވާއިރު 2947 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ، އަދި މި ވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އެކަކަށް ފަރުވާ ދެމުން އަންނައިރު، ކޮވިޑް ބަލީގައި އައްޑޫ އިން ޖުމްލަ 13 މީހަކު ވަނީ ނިޔާވެފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހު ދެ ހަފްތާގައި އައްޑޫ ސިޓީގެ ކެވިޑް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާއިރު، ގިނަ ދުވަސްތަކެއް ފަހުން އެ ސިޓީގެ މޮނިޓަރިންގެ ހާލަތުވެސް ވަނީ އުފާލާފައެވެ.