English Edition
Dhivehi Edition
އައްޑޫސިޓީ

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ އޭއީއޯސީން ޢާއްމު ކެޑެ ތަފާސް ހިސާބުތަކައް ބަލާކަލަކި އިއްޔެ ހަވީރެއި 6ން އަދަ 6 ޖެހުމާއި ހަމާއް އެހެކާ ފައްސިވީކޯ މިމީހާކީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތެ މަރަދޫން ފައްސިވީ މީހައް.

މިވަގުތެ އެންމެ ގިނަ މީހުން އައްޑޫސިޓީން ކޮވިޑަށް ފައްސިވެފެއި ވެނީ ހިތަދޫން. އޭ 45 ވެރިން. އޭގެއިތިރައް މަރަދޫއެ މިކޯ މިބަލިޖެހިފެއިތިބި މީހުންގެ އަދަދަކީ 19. މަރަދޫފޭދޫން 3 ވެރިން. މިތިން އަވަށުން ކޮވީޑައް ފައްސި ވެފެއިވޭ މީހުންގެ ޖުމްލަ އަދަދަކީ 67 . މިސިޓީއެ ކޮވީޑް ޖެހެނެ މީހުންގެ އެތެރުން އެޑްމިޓް ކޮށްގެން އިތިރި ފަރުވާ ދެމުންއޭ މީހުންގެ އަދަދަކީ 2 .

މެހެއިތާން އައްޑޫސިޓީއެ ކޮވިޑް 19 ބަލި ޖެހެނެ މީހުންގެ ޖުމްލަ އަދަދަކީ 532 . މީގެ އެތެރުން ބަލިން ރަނގަޅަވެގެމިކޯ 463 ވެރިން.

އައްޑޫސިޓީން އަދަ ވެނީ 137 ވެރިންގެ ސާމްޕަލް ޓެސްޓްކޮއްފެއި. އިއްޔެއި ހަމާއް މިސިޓީއެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތެ ތިބީ 362 ވެރިއެ. މެހެއިތާން އައްޑޫސިޓީއެވެނީ 12453 ސާމްޕަލް ނަގައި ޓެސްޓުކޮއްފެއި.

އައްޑޫސިޓީން މިބަލިން ނިޔައުވެފެއިވެނީ ދެބާކިން