English Edition
Dhivehi Edition
ފޭދޫ ހިއްކި ބިމުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޓްވިޓާ

އައްޑޫ ސިޓީން މިއަދު އިތުރު 23 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 99 އަކަށް އަރައިފިއެވެ.

އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މަރަދޫ އިން 19 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ހިތަދޫ އިން ދެ މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު މަރަދޫފޭދޫ އިންވެސް ވަނީ 2 މީހަކު ބަޔަށް ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު މަރަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 79 އަކަށް އަރާފައިވާއިރު ހިތަދޫ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ފަހެކަށް އަރާފައެވެ. އަދި މަރަދޫފޭދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ނުވައެކަށް އަރާފައިވާއިރު ފޭދޫ ގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 6ކަށް އަރާފައެވެ. މި ވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދެ މީހަކަށް ފަރުވާދެމުން އަންނައިރު ބަލީގައި ދެމީހަކު ވަނީ އައްޑޫއިން ނިޔާވެފައެވެ

އައްޑޫ ގެ ގުޅިފައިވާ ރަށްތަކުގައި ހަލުވިކަމާއި އެކު ބަލި ފެތުރެމުން އަންނައިރު ބަލި ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ