English Edition
Dhivehi Edition

ލޯބިވިޔަސް ގަދަރު ނުކުރާނަމަ އެ ލޯބީގައި އެއްވެސް މާނައެއް ނެތްކަމަށް ބޮލީވުޑުގެ ބަތަލާ ސުޝްމިތާ ސެން ބުނެފިއެވެ.

ސުޝްމިތާ މިހެން ބުނެފައިވަނީ އޭނާގެ ލޯބިވެރިޔާ މޮޑެލް ރަހްމަން ޝޯލްގެ ލޯބީގެ ގުޅުން ނިމުމަކަމަށް އައި ސަބަބު ހޯދަން ގިނަ ބަޔަކު ޝައުގުވެރިވެފައިވާ ދަނޑިވަޅެއްގައެވެ،

އެޑޮޕްޓް ކޮށްފައިވާ ދެ ކުދިން ކަމަށްވާ ރީނީ އާއި އަލީސާ އާއެކު ސުޝްމިތާ ބައިވެރިވި އިންސްޓަގްރާމް ލައިވްއެއްގައި ބެލުންތެރިއަކު އެ ގުޅުން ނިމުނު ގޮތާއި ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެމުން ސުޝްމިތާ ވަނީ އޭނާ އާއި ރަހްމަން ގެ ގުޅުން ފެށުނީ އެކުވެރިކަމުން ކަމަށެވެ. އަދި އެ އެކުވެރިކަން އަބަދުވެސް ދެމި އޮންނާނެކަމަށް ސުޝްމިތާ ވަނީ ބުނެފައެވެ. “ނަމަވެސް އަހަރެމެންގެ ލޯބީގެ ގުޅުމަށް ނިމުން އައިތާ ކިތަންމެ ދުވަހެއް ވެއްޖެ،” ސުޝްމިތާ ބުންޏެވެ

އިތުރަށް ސުޝްމިތާ ބުނީ އޭނާއަށް އަބަދުވެސް ލޯތްބަށްވުރެ ގަދަރު މާ މުހިއްމު ކަމަށެވެ. އަދި އޭނާގެ ކުރިމަތީގައި ގަދަރަށް ވުރެ އެއްވެސް އެއްޗަކަށް ކުރި ނުހޯދޭނެކަމަށް ސުޝްމިތާ ވަނީ ބުނެފައެވެ. ލޯބިވިޔަސް ގަދަރު ނުކުރާނަމަ އެ ލޯބީގައި އެއްވެސް މާނައެއް ނެތްކަން ފާހަގަކޮށް ސުޝްމިތާ ބުނީ ލޯތްބަކީ އައިސް ގޮސް ވާ އެއްޗެއް ކަމަށެވެ، އަދި ގަދަރަކީ އަބަދުވެސް އެމީހާ އާއެކު ވާ އެއްޗެއް ކަމަށް ސުޝްމިތާ ބުންޏެވެ.

ލޯތްބާއި ދޭތެރޭ ވިސްނާނަމަ، ލޯބި ވާނެ ދެވަނަ ފުރުސަތެއް ވެސް ލިބިދާނެ ކަން ފާހަގަކޮށް ސުޝްމިތާ ބުނީ ނަމަވެސް ގަދަރާއި ނުލާ ލޯތްބަކީ ވަގުތީ އެއްޗެއް ކަމަށާއި ގަދަރު ނެތިއްޔާ ލޯބީގެ އަގެއް ނެތް ކަމަށެވެ.

ސުޝްމިތާ އާއި ރަހްމަން އާއި ދެމީހުންގެ ދެމެދު 15 އަހަރުގެ ތަފާތެއް ހުރިއިރު މީގެ ކުރިން ގިނަ ބަޔަކު ވަނީ މިކަމާއި ސުޝްމިތާއަށް ވަރަށް ބޮޑަށް މަލާމަތްވެސް ކޮށްފައެވެ.