ބޮލީވުޑުގެ ބަތަލާ ސުޝްމިތާ ސެންއާއި އޭނާގެ ލޯބިވެރިޔާ, މޮޑެލް ރަހްމަން ޝޯލްގެ ލޯބީގެ ގުޅުން ނިމުމަކަމަށް ގެނެސްފިއެވެ.
ކުރީގެ މިސް ޔުނިވާރސް ސުޝްމީތާ މިކަން ޔަގީންކޮށްދެމުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބުނެފައިވަނީ ތިން އަހަރު ދުވަހު އެކުގައި އުޅުމަށްފަހު އޭނާ އާއި ރަހްމަން ގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އިންސްޓަގްރާމްގައި ސުޝްމީތާ ހިއްސާކުރި ޕޯސްޓެއްގައި ބުނީ ‘ޕީސް އިޒް ބިއުޓިފުލް’ މިފަދައިންނެވެ.
އެހެންނަމަވެސް މި ވާހަކައާއި ގުޅޭ މާ ބޮޑު ތަފްސީލެއް އޭނާ ދީފާއިނުވާއިރު ސުޝްމީތާ ގާތް ފަރާތަކާއި ހަވާލާދީ މިޑީއާއިން ބުނެފައިވަނީ ދެ ތަރިން ވަކިވި ސީދާ ސަބަބު ނޭގުނު ނަމަވެސް މިހާރު ރަހްމަން ސުޝްމީތާގެ ގެއިންވެސް ނިކުމެފައިވާކަމަށެވެ. އަދި ދެމީހުން ވަކިން ދިރިއުޅެން ފަށާފައިވާއިރު މިއީ ސުޝްމީތާ އާއި އޭނާގެ ޒުވާން ލޯބިވެރިޔާގެ ކައިވެންޏަށް އިންތިޒާރުކުރަމުން ދިޔަ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެކެވެ.
ސުޝްމީތާ އާއި ރަހްމަން އާއި ދެމީހުންގެ ދެމެދު 15 އަހަރުގެ ތަފާތެއް ހުރިއިރު މީގެ ކުރިން ގިނަ ބަޔަކު ވަނީ މިކަމާއި ސުޝްމީތާއަށް ވަރަށް ބޮޑަށް މަލާމަތްވެސް ކޮށްފައެވެ. އެހެންނަމަވެސް ސުޝްމީތާ އާއި ރަހްމަން އަށް މިކަމުން އެއްވެސް އަސަރެއްކޮށްފައިނުވާއިރު ސުޝްމީތާގެ ދެ ކުދިންވެސް ރޯހްމަން ދެކެ ވަރަށް ލޯބިވާކަމަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ރަހްމަން ވަނީ ބުނެފައެވެ.
މީޑީއާ އިން އަބަދުވެސް މި ދެ ފަންނާނުންގެ ކައިވެންޏާއި ބެހޭ ގޮތުން ސުވާލުކޮށްފައިވާއިރު ސުޝްމީތާ މި ސުވާލަށް ވަކި ޖަވާބެއް ދީފައެއް ނުވެއެވެ. އެހެންނަމަވެސް ބައެއް އިންޓަވިއުތަކުގައި ރަހްމަން މިކަމާއި ބެހޭ ގޮތުން ވާހަކަދައްކާފައެވެ. މި ގޮތުން އޭނާ ކުރިން ދިން އިންޓަވިއުއެއްގައި ބުނީ އެމީހުން އުޅެމުންދަނީ އެއް އާއިލާއެއް ގޮތުގައި ކަމަށާއި ސުޝްމީތާގެ ކުދިންނަށް މިހާރުވެސް ބައްޕައެއްގެ ލޯބިދެމުން ދާކަމަށެވެ. އަދި އެ ދެމީހުންގެ ކައިވެނި ސިއްރުނުކާރެނަކަމަށްވެސް ރަހްމަން ވަނީ ބުނެފައެވެ.
އެކުގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުމަށްފަހު ސުޝްމީތާ އާއި ރަހްމަންގެ ގުޅުން ނިމުމަކަށް ގެނައި ސަބަބާއި ބެހޭ ގޮތުން ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.