English Edition
Dhivehi Edition

އިއްޔެ، ބޮލީވުޑް ބަތަލާ ސުޝްމިތާ ސެން އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަކާއި ގުޅިގެން، އޭނާގެ ލޯބިވެރިޔާ އަދި މަޝްހޫރު މޮޑެލް ރޮހްމަން ޝޯލް އާ ރުޅިވެއްޖެ ކަމަށް ބައެއް މީޑިއާތަކުން ބުނަން ފަށައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސުޝްމީތާ އާއި ރޮހްމަން ރައްޓެހިވެގެން އުޅެފައިވާއިރު އިއްޔެ އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި ޕޯސްޓުގައި ވަނީ، ފިރިހެނުން ދުވަހަކުވެސް ބަދަލު ނުވާނެ ކަމަށެވެ. އަދި މައްސަލައަކީ، ފިރިހެނުން ބަދަލުވާނެ ކަމަށް އަންހެނުންނަށް ހީކުރެވުން ކަމަށާއި، ފިރިހެނުންގެ މައްސަލައަކީ އަންހެނުން އެމީހުން ދޫކޮށްފައިވާ ނުދާނެ ކަމަށް ހީކުރެވުން ކަމަށް ސުޝްމިތާ ހިއްސާކުރި ލިޔުންކޮޅުގައިވެއެވެ.

މި ޕޯސްޓާއި ގުޅިގެން އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ގިނަ ސުވާލުތަކެއް ކުރަމުން އަންނައިރު މިކަމާއި ގުޅިގެން އަދި މި ދެމީހުންވެސް އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވެއެވެ. ސުޝްމީތާ އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް މީޑިއާ އާއި ހިއްސާކުރަން ބޭނުންވާ ފަންނާނެއް ނޫނެވެ. ހާއްސަކޮށް އޭނާގެ ލޯބީގެ ވާހަކަތަކަކީ އަބަދުވެސް ވަރަށް ސިއްރުން ކުރިއަށް ގެންދާ ކަންތައްތަކެވެ.

1994 ވަނަ އަހަރު މިސް ޔުނިވާސްގެ ލަގަބު ފުރަތަމަ ފަހަރަށް ހޯދާފައިވާ އިންޑިއާގެ އަންހެން ތަރި ސުޝްމީތާ އާއި ރޮހްމާންގެ ގުޅުމާއި ބެހޭ ގޮތުން މީގެ ކުރިންވެސް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވިފައިވާއިރު ފާޑުކިޔާ ފަރާތްތަކުންވަނީ ސުޝްމީތާއަށް ވުރެ 15 އަހަރު ހަނގު ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ ފާޑުކިޔާފައެވެ.