English Edition
Dhivehi Edition

ސުޝްމިތާ ސެން އާއި ލަލިތު މޯދީ ރައްޓެހިވެގެން އުޅޭކަމުގެ ހަބަރުތައް މީޑިއާގެ ފަލަ ސުރިހީއަށް އެރުމާއެކު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ.

ސުޝްމިތާގެ ކުރީގެ ލޯބިވެރިޔާ ރޯމަން ދޫކޮށްލުމަށްފަހު، އުމުރުގެ ގޮތުން ވަރަށް ބޮޑު މީހަކާއި ސުޝްމިތާ ރައްޓެހިވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

އައިޕީއެލްގެ އެއް ފައުންޑަރު ލަލިތު، ކުރީގެ މިސް ޔުނިވާސް ސުޝްމިތާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާންކޮށް އިންސްޓަގްރާމަށް ދެ މީހުންގެ ފޮޓޯވެސް ލިއެވެ. ސުޝްމިތާ އާއި ދެމީހުން ރައްޓެހިވެގެން އުޅޭކަން އިއުލާންކޮށް އަދި ކައިވެނިކުރާނެކަމަށްވެސް ލަލިތު ވަނީ ބުނެފައެވެ. ލަލިތުގެ އިންސްޓަގުރާމު އެކައުންޓުގެ ބަޔޯ ގައި ލޯބިވެރިޔާ ސުޝްމިތާއާއި އެކު މުޅިން އައު ދިރިއުޅުމެއް ފަށަނީ ކަމަށްވެސް ލިޔެފައިވެއެވެ.

India Tv - Lalit Modi's Instagram bio

އެހެންނަމަވެސް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިހާރު ލަލިތު ވަނީ އެ ހުރިހާ އެއްޗެއް ޑިލިޓްކޮށްލާފައެވެ. އަދި ކުރިން ބަޔޯއިން ގޮތަށް ”އައިޕީއެލް” ގެ ފައުންޑާކަމަށް ވަނީ ލިޔެފައެވެ. ކުއްލިއަކަށް ލަލިތުގެ އިންސްޓަގްރާމައަށް އައި ބަދަލާއެކު ސުޝްމިތާ އާއި ލަލިތު މިހާރު ރުޅިވެފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިހާރުވެސް ސުޝްމިތާ އޭނާގެ ކުރީގެ ލޯބިވެރިޔާ ރޯމަން އާއި އެކު ފެންނަމުންދާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

India Tv - Lalit Modi's Instagram bio

ސުޝްމިތާގެ ދިރިއުޅުމާއި ބެހޭ ގޮތުން ދައްކަމުންދާ މި ވާހަކަތަކަށް އަދި މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު، ލަލިތުވެސް އިންސްޓަގްރާމަށް އައި ބަދަލާއި ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އުމުރުން 46 އަހަރުގެ ސުޝްމިތާ އަދި މިހާތަނަށް ކައިވެންޏެއް ކޮށްފައިނުވާއިރު ލަލިތު 58އ، ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފައެވެ. އަދި 2018 ވަނަ އަހަރު އޭނާގެ އޭރުގެ އަންހެނުން ވަނީ މަރުވެފައެވެ.