English Edition
Dhivehi Edition
ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވެގެން ނައިޓް މާކެޓް އިއްޔެ ހުއްޓުވާފައިވަނިކޮށް، އެކަމާ ދެކޮޅަށް ވިޔަފާރިވެރިން މުޒާހަރާކޮށްފިއެވެ،

މާލެ ސަރަހައްދުގައި ކޮވިޑް19 ގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން، މާލޭގައި ބާއްވަމުން އަންނަ ނައިޓް މާކެޓުތައް މެދުކަނޑާލަން އެޗްޕީއޭ އިން ނިންމި ނިންމުން ބަދަލުކޮށް، އެ އިދާރާގެ ގައިޑްލައިންތަކާއި އެއްގޮތަށް އެފަދަ މާކެޓުތައް ބާއްވަން ވަނީ ހުއްދަދީފައެވެ. އެހެންނަމަވެސް އެ ހުއްދަ އިއްޔެ އެޗްޕީއޭއިން އަނެއްކާވެސް ބާތިލްކޮށްފައިވަނީ ގައިޑްލައިނާ ހިލާފަށް ނައިޓް މާކެޓް ބޭއްވުމާ ގުޅިގެންނެވެ.

މި ހުއްދަ ބާތިލުކުރުމާއި ގުޅިގެން ރަސްފަންނު ސަރަހައްދުގައި މިއަދު ހަވީރު ކުރި މުޒާހަރާގެ ބައިވެރިންވަނީ ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ބާތިލްކުރުމަށްފަހު އެހެން ކަންކަމަ ށް އެޗްޕީއޭއިން ހުއްދަދެމުން އަންނަ ކަމަށް ބުނެ އަޑުއުފާލާފައެވެ. އަދި ނައިޓް މާކެޓް ބޭއްވުމަށް ސްޓޯލްތައް ވިއްކައި އެ މީހުންގެ އަތުން ފައިސާ ނަގާފައިވާކަމަށް ބުނެ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ނައިޓް މާކެޓުތައް މެދުކަނޑާލަން އެޗްޕީއޭ އިން ނިންމި ނިންމުން ބަދަލުކޮށްފި

މި ގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ނައިޓް މާކެޓް ނުބޭއްވޭނަމަ އެމީހުން އަތުން ސްޓޯލްތަކަށް ނެގި ފައިސާ އާއި އެތަނަށް ހިނގި ހަރަދު އަބުރާ ދޭންޖެހޭނެކަމަށް ބުނެފައެވެ. އަދި އެކި މީހުންނަށް އެކި ގޮތްގޮތަށް އުސޫލު ގެންގުޅޭކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ ތަފާތުކުރުންތައް ހުއްޓާލުމަށް ގޮވާލާފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެން، ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ފެށިގެން ކުރިއަށް ދާއިރު، ނައިޓް މާކެޓަށް 200 އަށް ވުރެ ގިނަ މޭޒު ވަނީ ވިއްކާފައެވެ.