English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ - ފޮޓޯ: ވަން އޮންލައިން

2019 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ކުރިމަތިވި ޢަލަމީ ވަބާ، ކޮވިޑް-19 ރާއްޖޭގައި އަނެއްކާވެސް އިތުރުވާން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެފަހުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މި އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާއި ދެމެދު މުޅި ރާއްޖެއިން ކޮވިޑް-19ގެ 84 ކޭސް އަލަށް ވަނީ ފެނިފަ އެވެ.

އެއީ މާލެ ސަރަހައްދުން 73 މީހުންނާއި އެހެނިހެން ސަރަހައްދުތަކުން 11 މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެއީ މިދިޔަ ހަފްތާއާ އަޅާބަލާއިރު، 45 ކޭސްގެ އިތުރުވުމެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހިގެން 17 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި މިއީ މިދިޔަ ހަފްތާއާ އަޅާބަލާއިރު އެކެއްގެ އިތުރުވުމެއް ކަމަށެވެ.

2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް ރާއްޖޭގައި ޖުމްލަ 185،894 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކާއިރު، އޭގެ ތެރެއިން 311 މީހުން އެ ބަލީގައި ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭއިން ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ އުމުރުފުރާގެ 88.18 އިންސައްތަ މީހުން ވަނީ ފުރަތަމް ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 85.06 އިންސައްތަ މީހުން ނެވެ.

ރާއްޖޭގައިި 2 ބޫސްޓަރ ޑޯޒް ދެމުން ގެންދާއިރު، 37.03 އިންސައްތަ މީހުން ވަނީ ފުރަތަމަ ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި 0.34 އިންސައްތަ މީހުން ވަނީ ދެވަނަ ބޫސްޓަރ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑު ބަލި ޖެހޭ މިންވަރު މަދުވަމުން އައުމަށްފަހު އަނެއްކާވެސް އިތުރުވެފައި މިވަނީ އަވަށްޓެރި އިންޑިއާގައި މިބަލި ފެތުރުން އިތުރުވެފައިވާ ދުވަސްވަރެއްގަ އެވެ.

2 ކޮމެންޓް
Dhivehi meeha
އޭޕްރީލް 10, 2023
Meeheh kihaabodu vejje kameh. Thanehga covid ulhuniyaa raajjeyga ess ulhey. Rufiyaa kaan egenn kiyaa ehchehthee
ކޮވިޑް23
އޭޕްރީލް 10, 2023
23ގެ އިންތިހާބު ކައިރިވާތީ އަނެއްކާވެސް ކޮވިޑް މިއަންނަނީ، ކޮންމެ އިންތިހާބެއް ކައިރިވާވަރަކައް ކޮވިޑް އިތުރުވުން ހިތް ނޭނގޭ ސިއްރުތަކެއް ފޮރުވިފައި އެބަވޭ