English Edition
Dhivehi Edition

ލ. ގަމުގައި މިހާރު ކުރިއަށް ދާ ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރުތެ 16 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 1-4 ގެ ނަތީޖާއިން ބެސްޓް ޖޫނިއަރސް ބަލިކޮށްފައެވެ.

މެޗް ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިއައީ ދާދި ހަމަހަމަކުޅުމެކެވެ. އަދި ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑުޖަހަން މާ ރަނގަޅު ފުރުސަތެއް ވެސް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއިިން އެއްވަރުވެ އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެފީ ރަސްހިންނެ ޓީމުންނެވެ. އެޓީމުން ލީޑު ނެގި މި ލަނޑު ޖެހީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރު ވަނަ މިނެޓުގައި ރަސްހިންނެ ޓީމުގެ މުޙައްމަދު އަޔުޝް ސަލީމެވެ.

ރަސްހިންނެ އިން ލަނޑުޖަހާ ލީޑު ނެގިތާ 2 މިނެޓުވެސް ނުވަނީސް ބެސްޓް އިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ބެސްޓް އަށް ނަތީޖާ އެއްވަރުކޮށްދިނީ އަބުދުﷲ ރިޒާން މުޙައްމަދެވެ.

މެޗުގައި ރަނގަޅަށް ކުޅެމުން ދިޔަ ރަސްހިންނެ ޓީމުން ދެވަނަ ފަހަރަށް މެޗުގެ ލީޑު އަތުލީ ދެވަނަ ހާފުގެ ކުޅުން ނިމެން އެންމެ ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ރަސްހިންނެ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ހޫދު އަޙުމަދު ފަތުހީއެވެ.

މި ލަނޑާއި އެކު ރަސްހިންނެ ޓީމަށް އުންމީދު އާވިއިރު، މުބާރާތުގެ ތަށި ޔަގީން ކުރީ މެޗުގެ ކުޅުން ނިމެން ވަރަށް ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ވަރަށް ގަތްގާތުގައި އަނާން އިބުރާހީމް ކާމިޔަަބުކުރި ދެ ލަނޑާއި އެކުގައެވެ.

ރަސްހިންނެ ބާބާ އެސްސީން 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދިއިރު، އެޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން މި ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރަސްހިންނެ ޓީމުގެ ޖާޒީ ނަމްބަރު 10 ހޫދު އަޙުމަދު ފަތުހީއެވެ.

ލ.ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، 16 އަހަރުން ދަށު އުމުރުފުރައިން ހޮވި ވަނަތައް:

އެންމެ މޮޅު ގޯލްކީޕަރު: މައާދު ހުސެއިން ޒަކީ (ބެސްޓ ޖޫނިއަރސް).
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ: އިސްމާއީލް ރާއިދު ރިޔާޒް (ބެސްޓް ޖޫނިއަރސް).
ފެއަރޕްލޭ ޓީމް: އައުޓްރީފް ޖޫނިއަރސް.
އެންމެ މޮޅު ކޯޗު: އަހުމަދު އަޖުވަދް ( ބެސްޓް ޖޫނިއަރސް).
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ: އަހުމަދު ރިޔާން (ކަންމަތި ނިއުޖެނެރޭޝަން).
މުބާރާތުގެ ރަސްގެފާނު: ހޫދު އަޙުމަދު ފަތުހީ (ރަސްހިންނެ ބާބާ އެސްސީ).

އެންމެ މޮޅު ފަސްކުޅުންޔެރިން:
މައާދު ހުސެއިން ޒަކީ (ބެސްޓް).
އިސްމާއީލް ރާއިދު ރިޔާސް (ބެސްޓް).
ހޫދު އަހުމަދު ފަތުހީ ( ރަސްހިންނެ).
އަނާން އިބުރާހީމް (ރަސްހިންނެ).
މުޙައްމަދު އަޔުޝް ސަލީމް (ރަސްހިންނެ).