English Edition
Dhivehi Edition

މާލެ ސަރަހައްދުގައި ކޮވިޑް19 ގެ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރާއެކު، އެޗްޕީއޭގެ އެންގުމަށް މާލޭގެ ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދާ ނައިޓް މާކެޓް ހުއްޓާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ނައިޓް މާކެޓްތައް ބޭއްވުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދޭން އެޗްޕީއޭއިން އަންގާފައިވާ ކަމަށާއި އެހެންކަމުން މާލޭގައި ނައިޓް މާކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެން، ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ފެށިގެން ކުރިއަށް ދާއިރު، ނައިޓް މާކެޓަށް 200 އަށް ވުރެ ގިނަ މޭޒު ވަނީ ވިއްކާފައެވެ، ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މިނައިޓް މާކެޓް ކުރިއަށް ދާނީ ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެ، މަސްހުނިވެ އުޅެމުންދާ އިރު، ގިނަ މީހުން މާސްކުނާޅާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.