English Edition
Dhivehi Edition

ފާއިތުވި 2021 ވަނަ އަހަރެކޭ އެއްފަދައިން މި އަހަރަކީވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ކައިވެނިކުރަން ނިންމާފައިވާ އަހަރެކެވެ. އަހަރު ފެށިގެން ދިޔައީވެސް ބޮލީވުޑްގެ ‘ސަޕްރައިޒް’ ކައިވެންޏަކުންނެވެ. ޓީވީ އިންޑަސްޓްރީއިންވެސް ފެނިގެން ދިޔަ މޯހިތް ރައިނާ ގެ ކައިވެންޏާއި އެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔައިރު މިއަހަރު ދެން އެންމެ އަވަހަށް ކައިވެނި ކުރާނީ ބޮލީވުޑުގެ އެކްޓަރު ފަރުހާން އަޚްތަރު އާއި އޭނާގެ ލޯބިވެރިޔާ ޝިބާނި ޑަންޑެކަރު ކަމަށް ބެލެވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ މާރިޗް މަސްތެރޭ ފަރުހާން އާއި ޝިބާނި ކައިވެނިކުރުމަށް ވަނީ ނިންމާފައެވެ. މި ދެ މީހުންގެ ކައިވެނި ބާއްވާނެ ސީދާ ތާރީހެއް އަދި އިއުލާންކޮށްފައިނުވިި ނަމަވެސް، ކައިވެނީގެ ހެދުންތަކާއި، ކައިވެނި ބާއްވާނެ ތަން މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ކައިވެނީގެ ހަފްލާ މުމްބާއީގެ ހޮޓަލެއްގައި ބޭއްވުމަށް ނިންމާފައިވާއިރު އެ މީހުން ކުރިން ޕްލޭންކުރި ގޮތަށް ބޮޑު ހަފްލާއެއް ނުބާއްވަން މިހާރު ވަނީ ނިންމާފައެވެ. އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން ބޮޑު ހަފްލާއެއް ނުބާއްވާ ހަމައެކަނި އާއިލާ މީހުންނާއި ވަރަށް ގާތް އެކުވެރިންނަށް ހާއްސަކޮށް ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ،

ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ފަރުހާން އާއި ޝިބާނި ކައިވެނިކުރުމަށް ނިންމާފައިވާއިރު މިހާރުވެސް މި ދެމީހުން ދިރިއުޅެމުންދަނީ އެކީގައެވެ. އަދި ދާދި ފަހުން ދެމީހުން ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށްވެސް ޒިޔާރަތްކޮށްފައެވެ.

ޓެގު