ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް “އަސާސެއް ނެތް” މައްސަލައެއް އުފައްދައިގެން ފުލުހަށް ހުށަހެޅުމަކީ ބޮޑު ކުށެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ (އިންތި) ސިފަކުރައްވައިފިއެވެ.
ޣައިރު ދީންތަކުގެ ޝިއާރުތައް ނަޝީދު ފަތުރަމުންދާ ކަމަށް ބުނެ ފުލުހުންގެ މުއައްސަސާއަށް ދީނީ އިލްމުވެރިންގެ ޖަމިއްޔާތައް ހިމެނޭ “ޖަމިއްޔަތުލް އިއްތިހާދު” ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި މި މައްސަލަ ބަލައި ދިނުމަށް “ޖަމިއްޔަތުލް އިއްތިހާދު” ވަނީ އެދިފައެވެ.
ރައީސް ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ މައްސަލަ ފުލުހަށް
މެމްބަރު އިމްތިޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ފަދަ ހަމަލާއެއް އަނެއްކާ ވެސް ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ނުބައި ނިޔަތުގައި ކުރާ ކަމެއް ކަން ވެސް އެނގޭ ގޮތަށް އެމަނިކުފާނާއި ދެކޮޅަށް އަސާސެއް ނެތް މައްސަލައެއް އުފައްދައި އެ މައްސަލަ ފުލުހަށް ހުށަހެޅުމަކީ ކުށެއް ކަމުގައި އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ޓާގެޓަކަށް ލައިގެން، ކުރިން ދިންފަދަ ހަމަލާއެއް އަނެއްކާވެސް އަމާޒުކުރުވުން ބޭނުމަކަށް ހަދައި، ރަނގަޅު ނިޔަތަށްވުރެ ބޮޑަށް ނުބައި ނިޔަތުގައި ކުރާކަމެއްކަން އެނގޭގޮތަށް އަސާސެއް ނެތް މައްލަސަ ހުށަހެޅުމަކީ ވެސް ކުށެއް.
ެއެކަން ބެލެންވާނެ!
.@PoliceMv @presidencymv https://t.co/UUeyDuhOto— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) January 4, 2022
ރައީސް ނަޝީދު ޓާގެޓަކަށް ލައިގެން، ކުރިން ދިންފަދަ ހަމަލާއެއް އަނެއްކާވެސް އަމާޒުކުރުވުން ބޭނުމަކަށް ހަދައި، ރަނގަޅު ނިޔަތަށްވުރެ ބޮޑަށް ނުބައި ނިޔަތުގައި ކުރާކަމެއްކަން އެނގޭގޮތަށް އަސާސެއް ނެތް މައްލަސަ ހުށަހެޅުމަކީ ވެސް ކުށެއް. ެއެކަން ބެލެންވާނެ!” އިމްތިޔާޒް ގެ ޓުވިޓްގައި ވިދާޅުވިއެވެ.