English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލަ، އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން އެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާއިރު އެޖެންޑާގައި އޮތީ ރައީސް ނަޝީދު މަގާމުން ވަކިކުރާ މައްސަލަ އެކަންޏެވެ. އެ މައްސަލައިގެ ބަހުސަށް ދެގަޑިއިރު ކަނޑައަޅައި އެމަނިކުފާނަށް ޖަވާބުދާރީވެވަޑައިގަތުމަށް 30 މިނިޓު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީންވަނީ ފާސްކޮށްފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުގައެވެ. އެމްޑީޕީއިން ބުނީ ތަކުރާރުކޮށް މަޖިލީހުގެ ގަވައިދުތަކާ ރައީސް ނަޝީދު ހިލާފުވެވަޑައިގަންނަވަމުންދާ ކަމަށެވެ. އަދި