English Edition
Dhivehi Edition

މިއަދަށް ފަހު ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލު ނުކުރެވޭ، މީހުން ދިރިއުޅޭ އެއްވެސް ރަށެއް ދިވެހިރާއްޖޭގައި ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ،

މިހެން ވިދާޅުވެފައި ވަނީ މިހާތަނަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ޚިދުމަތް ޤާއިމުކުރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ހިނގާ ރިޔާސީ ދައުރަކީ، ދިވެހި ޖުމްހޫރިއްޔާގެ ޙަޔާތުން އައި އެންމެ ސާފުތާހިރު 5 އަހަރު ކަމަށެވެ. ރިޔާސީ ދައުރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅާނެ ކަމަށް ވަޢުދުވެވަޑައިގަތީ ވެސް އެމަނިކުފާނުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް ސަރުކާރުން އެއްވެސް ރަށެއް، ތަފާތު ނުކުރާކަމަށެވެ. އަދި މިއަދަށް ފަހު ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލު ނުކުރެވޭ، މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނޯންނާނެކަމަށް ރައީސް އިދާޅުވިއެވެ،

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް މި ސަރުކާރުގެ ފުރަތަމަ ދުވަހު ފަށައިގަނެ މަޝްރޫޢުތައް ޙަވާލު ކުރަމުން، މަސައްކަތް ނިންމާ ޚިދުމަތް ދިނުމުގައި، އަވަދިނެތި ދެމިއޮތްކަމަށެވެ،

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދައުލަތުގެ ވަޒީރުންނާ މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

1 ކޮމެންޓް
ހަސަނުގ
ޑިސެމްބަރު 29, 2021
ހަވާލު ކުރީމަ އެވީއެއްނު. އިއުލާން ކުރީމަވެސް އެވީއެއްނު. ކަން ވިޔަސް ނުވިޔަސް އޯކޭވާނެ.