English Edition
Dhivehi Edition
އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ސީޓް ބެލްޓް އަޅަން ޖެހޭ ގޮތަށް އެއްގަމު އުނޅަދު ދުއްވުމުގެ އާންމު ގަވާއިދަށް އިސްލާހު ގެނެސްފައިވާއިރު އެ އިސްލާހަށް 1 ޖަނަވަރީ 2022 އިން ފެށިގެން އަމަލުކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

11 އޮކްޓޯބަރު 2021 ވަނަ ދުވަހު ތަސްދީގުކުރި ގަވާއިދުގެ 19 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތަށް، 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން ކުރީ ސީޓުގައި އިންނަ މީހާވެސް ޝީލްޓް ބެލްޓް އަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަންނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން މި ގަވައިދަށް އަމަލުކުރަން ފަށާއިރު، މި ގަވައިދާއި ހިލާފްވާ ފަރާތްތައް ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

އެހެންކަމުން ހަތަރުފުރޮޅުލީ އުނޅަދު ދުއްވާ ފަރާތްތަކުން މިއާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން ވަނީ އިލްތިމާޒުކޮށްފައެވެ.