English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމް އާއި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލައިފި އެވެ.

ޕީޕީއެމްއިން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރާން އެދޭ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 3:00އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުނެގުން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ.ކޮމަންޑޫ، ށ.މަރޮށި، ށ.ފޯކައިދޫގެ އިތުރުން މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި، ހުސައިން ވަހީދު އަވަހާރަވުމުންނެވެ. ހުސައިން ވަހީދު އަވަހާރަވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ބައި އިލެކްޝަން އިއުލާންކޮށް، މަގާމަށް ކުރިމަތިލުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލާފަ އެވެ.

ޕީޕީއެމްގެ އިތުރުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާނެކަމަށް އެމްއެންޕީ އާއި އެމްޑީޕީންވަނީ އިއުލާންކޮށްފައެވެ.