English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

މާލެ ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ޕީއެންސީގެ ހަރުގެ ހުޅުވުން ފަސްކޮށްފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއިން އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހ. ވެޔޮވިލާގައި ހެދި ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކުރިން ނިންމާފައިވަނީ މިރޭގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ މި ހަފްލާ މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކޮށްފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ،

އެމްޑީޕީގެ ހަރުގެއެއްގެ ގޮތުގައި މީގެ ކުރިން ބޭނުންކުރި ވެޔޮވިލާ ފަހުން ބޭނުންކޮށްފައިވަނީ ދަ ޑިމޮކްރެޓްސްގެ ޖަގަހެއްްގެ ގޮތުގައެވެ، އަދި މިހާރު ޕީއެންސީން އެތަން ފަސް އަހަރުގެ މުއްދަތަށް ކުއްޔަށް ނަގާފައިވާއިރު އެތަނަށް ގެންނަން ޖެހޭ ބަދަލުތައްވެސް އެ ޕާޓީން ވަނީ ގެނެސްފައެވެ.