English Edition
Dhivehi Edition
ހީނާ ވަލީދު

“ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެތަކަށް” ކަމަށް ވިދާޅުވެ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި ޢަބްދުﷲ ރަޝީދު ދެއްކި ވާހަކަތައް ޕީޕީއެމް/ޕީއެންސީއިން ކުށްވެރިކޮށްފިއެވެ.

ރޭ ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި އަބްދުﷲ ރަޝީދު ވިދާޅުވީ، ކަރަންޓު ދޭންވީ ވަކިވަކި ގެތަކަށް ބަލާފައި ސީދާ ޕާޓީގެ މެމްބަރުންނަށް އެކަނިކަމަށެވެ. އަދި އޭނާ ވަނީ މަޖިލިސް އިންތިހަބު ނިމެން ދެން އަމަލު ކުރަންވީ ގޮތަކީ އެއީކަމަށް ބުނެފައެވެ.

ކޮންގްރެސް ކޯލިޝަނުން މި މައްސަލައިގައި އާންމު ކުރި ބަޔާނުގައި ބުނީ ކަރަންޓު ދޭންވީ ހަމައެކަނި ޕާޓީގެ މެމްބަރުންނަށްކަމަށް ރަޝީދު ދެއްކި ވާހަކަ ކުށްވެރި ކުރާކަމަށެވެ. އެއީ އެއްވެސް ހާލަތެއްގައި މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރުން މި ބަޔާންގައި ބުނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ

އިތުރަށް އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.