English Edition
Dhivehi Edition
ކުޑަކުދިންގެ ދުވަހާއި ބިލްބޯޑް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ‘ކަލަރ ރަން’ މިއަދު ބާއްވަން ނިންމައިފިއެވެ.

ކޮވިޑް19 ގެ ސަބަބުން މި އިވެންޓް ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވާއިރު މިއަދު އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ބަހާއުއްދީން މަގުގެ ސ.ހުޅުދޫ އާއި ވީ ކޮޅުންނެވެ. މި ކަލަރ ރަން ގައި ފުލުހުންގެ އިސްވެރިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު ހުޅުދޫ މީދޫ އަވަށުގެ ސަތޭކައަށްވުރެ ގިނަ ދަރިވަރުން ވަނީ މި ރަންގައި ބައިވެރިވެފައެވެ.

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ހުޅުމީދޫގައި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނައިރު މި މަހުގެ 18 ވަނަ ދުވަހު ވަނީ އާޓް އެގްޒިބިޝަން އެއްވެސް ބާއްވާފައެވެ. މީގެއިތުރުން އިއްޔެ ބިލްބޯޑް އިފްތިތާހުކުރުމާއި، މިއަހަރަށް ތައްޔާރުކޮށްފައިވާ ދުވަހާއި ގުޅޭ ލަވަ ނެރުމަށް ހާއްސަ ރަސްމިއްޔާތެއްވަނީ ބާއްވާފައެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ފުލުހުން ތައްޔާރުވަމުން އަންނައިރު މިއީ މި ދެ އަވަށުގެ ކުޑަކުދިންނަށް ހާއްސަކޮށް މިހާ ބޮޑު ހަރަކާތްތަކެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.