English Edition
Dhivehi Edition
ފުލުހުން އިސްނަގައިގެން ހުޅުމީދޫ ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން، ފުލުހުން އިސްނަގައިގެން އައްޑޫ ސިޓީ ހުޅުދޫ މީދޫ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ،

ފުލުހުން އިސްނަގައިގެން ހުޅުމީދޫގައި ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމް ފޮޓޯ: ސުވެއިދް

މިއަދު ހެނދުނު 6:30 ގައި ބޭއްވި މި ހަރަކާތުގައި ހުޅުމީދޫ ގިނަ މުވައްސަސާތަކުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި އެކު ގުރޫޕްތަަކށް ބަހާލައިގެން ދެ އަވަށުގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ހުޅުމީދޫ ޕޮލިސް، ވެމްކޯ، ފެނަކަ، އެމްޓީސީސީ، އެސްޓިއޯ، މިފްކޯގެ އިތުރުން ސަ.އަތޮޅު މަދަރަސާ އާއި ދެ އަވަށުގެ އަވަށުގެ، އަވަށު އޮފީހުގެ އިތުރުން ޖަމްމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން އެކި ދުވަސްތަކަށް ބަހާލައިގެން ފުލުހުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައި އާޓް އެގްޒިބިޝަން، ކަލަރ ރަން ގެ އިތުރުން ބިލްބޯޑް އިފްތިތާހުކުރުމާއި، ކުޑަކުދިންނާއި ގުޅޭ އެކި ކަންތައްތަކުގައި މައުލޫމާތު ހިއްސާކޮށް، ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ވަނީ ބާއްވާފައެވެ.

މީގެ އިތުރުން ރޭ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި ވަނީ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ހިންގުމަށް އެހީތެރިވި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ހާއްސަ ހަފްލާއެއް ބާއްވާފައެވެ.