English Edition
Dhivehi Edition
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ހުުޅުދޫ މީދޫގައި ބޭއްވި ކަލަރ ރަންގެ ތެރެއިން

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބާއްވާ ހަރަކާތްތައް ގއ. އަތޮޅުގައި ފަށައިފިއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މި މަހު 7 އިން 13 އަށް ގއ. އަތޮޅުގެ ރަށްރަށުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ގޮތުން މި ހަރަކާތްތަކުގެ ތެރެއިން މިހާރު ކުރިއަށް ގެންދަނީ ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެވެ.

މީގެ އިތުރުން ގެމަނަފުށީގައި ކުޑަކުދިންގެ އާޓް އެގްޒިބިޝަނަކާއި ކަލަރ ރަން އެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މުހިންމުކަން އަންގައިދޭ މެސެޖުތަކާއެކު ބިލްބޯޑު އިފްތިތާހު ކުރުމުގެ އިތުރުން ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ފުލުހުން ބުނީ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ރަށްރަށުގެ ކައުންސިލް އިދާރާ ތަކާއި ރަށުގައިހުރި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ކުލަބް ޖަމުއިއްޔާތަކާއި ޒުވާނުންގެ އެހީތެރިކަމާއެކު ކަމަށެވެ.