English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން އައްޑޫ ސިޓީ ހުޅުމީދޫގައި މިއަދު ބާއްވަން ނިންމި ‘ކަލަރ ރަން’ ކެންސަލްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު ބާއްވަން ނިންމި ރަން ކެންސަލްކޮށްފައިވަނީ އައްޑޫ ސިޓީ ހުޅުދޫ މީދޫ މޮނިޓަރިންގެ ހާލަތުގައި އޮތުމާއި ގުޅިގެންނެވެ.

އައްޑޫ ސިޓީގައި ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުން ޕޮލިހުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ގޮތުން މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރަތަމަ ނިންމި ތާރީހުތައް، ބަދަލުކޮށްފައިވަނީ އައްޑޫ ސިޓީގައި ކޮވިޑް ކޭސްތައް ގިނަވެ އެ ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް މިހާރު އައްޑޫ ސިޓީގައި ކޭސްތައް މަދުވެފައިވެފައިވާއިރު މިއަދު ކަލަރ ރަން ބާއްވަން ނިންމި ހުޅުދޫ މީދޫ އިން ކޮވިޑް ކެސް އެއް ނުފެންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މި ކަލަރ ރަން އަށް ތައްޔާރުވުމުގެ ގޮތުން ހުޅުދޫ މީދޫގެ ސްކޫލްގެ 100 އަށްވުރެ ގިނަ ދަރިވަރުންނަށް ޓީޝާޓް ހަވާލުކޮށްފައިވާއިރު، މި އިވެންޓަށް ހުޅުމީދޫ ޕޮލިހުންވެސް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

މިއަދު ބާއްވަން ނިންމި ކަލަރ ރަން ކެންސަލްކޮށްފައިވާއިރު، މި އިވެންޓް ދެން ބާއްވާނެ ތާރީހެއް އަދި ނިންމާފައިނުވާކަމަށް ހުޅުމީދޫ ޕޮލިހުން ވަނީ ބުނެފައެވެ. އަދި ކަލަރ ރަން ކެންސަލްވި ނަމަވެސް ދެން ބާއްވަން ނިންމި ހުރިހާ އިވެންޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް ނިންމާފައިވާއިރު މި މަހުގެ 21 ވަނަ ދުވަހު ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.