English Edition
Dhivehi Edition
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ މާވިން އާއި އޭނާގެ އަންހެނުން މޭރީ/ ފޮޓޯ ސޯޝަމް މީޑިއާ --

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާގެ، ލޯބިވެރިޔާ ހައްޔަރުކޮށްފިއެވެ.

އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރާ މޭރީ ގްރޭސް މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެންކަމަށް މީގެ ކުރިން އޭނާގެ ފިރިމީހާ ވަނީ ބުނެފައެވެ. އެހެންނަމަވެސް މެރީގެ ޕޯސްޓްމޯޓަމް ރިޕޯޓްގައި ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަރުވެފައިވަނީ ބްލަންޓް އިންޖަރީއެއްގެ ސަބަބުން ކަމަށެވެ. ބްލަންޓް އިންޖަރީއަކީ ގަދަކަމުން މީހަކަށް އަނިޔާއެއް ދީގެން ނުވަތަ އެއްޗަކުން ޖަހައިގެން ލިބޭ އަނިޔާއަކުން ނުވަތަ ގެއްލުމަކުން ވާ މަރެކެވެ.

މި މައްސަލަ އާއި ގުޅިގެން މޭރީގެ ފިރިމީހާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއްވަނީ ކޮށްފައެވެ. މި ގޮތުން މޭރީގެ ފިރިމީހާ މާވިން އާއި އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި ނަރުހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ސަބަބުން އެ ދެމީހުންގެ މެދުގައި ގިނަ މައްސަލަތަކެއް ޖެހިފައިވާ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ،

މި މައްސަލަ އާއި ގުޅިގެން މާވިންގެ ދިވެހި ލޯބިވެރިޔާ ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާއިރު، ފުލުހުންވެސް ވަނީ މި މައްސަލަ އާއި ގުޅިގެން 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ.