އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އިއްޔެ ހައްޔަރުކުރު ދިވެހި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރާ މޭރީ ގްރޭސް މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެންކަމަށް މީގެ ކުރިން އޭނާގެ ފިރިމީހާ މާވިން ބުނެފައިވާއިރު، މެރީގެ ޕޯސްޓްމޯޓަމް ރިޕޯޓްގައި ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މާވިން ހައްޔަރުކޮށްފައިވާއިރު އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ ހައްޔަރުކޮށްފައިވަނި އިއްޔެއެވެ.
ފުލުހުން ބުނީ ދިވެހި ނަރުހުގެ ބަންދަށް ގޮތެއް ނިންމުމަށް އޭނާ މިއަދު ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
ގޮތުން މޭރީގެ ފިރިމީހާ މާވިން އާއި އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި ނަރުހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ސަބަބުން އެ ދެމީހުންގެ މެދުގައި ގިނަ މައްސަލަތަކެއް ޖެހިފައިވާއިރު މޭރީ ޕޯސްޓްމޯޓަމް ރިޕޯޓްގައި ވަނީ އޭނާ މަރުވެފައިވަނީ ބްލަންޓް އިންޖަރީއެއްގެ ސަބަބުން ކަމަށެވެ. ބްލަންޓް އިންޖަރީއަކީ ގަދަކަމުން މީހަކަށް އަނިޔާއެއް ދީގެން ނުވަތަ އެއްޗަކުން ޖަހައިގެން ލިބޭ އަނިޔާއަކުން ނުވަތަ ގެއްލުމަކުން ވާ މަރެކެވެ.