English Edition
Dhivehi Edition
މާވިން އަދި އޭނާގެ ލޯބިވެރިޔާ ލަމްހާ

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ތައާވަލްކޮށްފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ މިދިޔަ 2021 ވަނަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން އެސް ވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ހާލީމަތު ލަމްހާއަށެވެ.

ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު މާދަމާ މި މއްސަލައިގަިއ އަޑުއެހުމެއް ބޭއްވުމަށް ތައާވަލްކޮށްފައިވާއިރު މި ދައުވާގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 9:30 ގައި ކްރިމިނަލް ކޯޓުގައެވެ.

އެންމެފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހެވެ. އެ ދުވަހުގެ އަޑުއެހުމުގައި ތިން މީހެއްގެ ހެކިބަސް ނަގާފައިވާއިރު މާދަމާގެ އަޑުއެހުމުގައިވެސް ކުރިއަށް ދާނީ ހެކި ބަސް ނެގުމެވެ، މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިން އާއި ލަމްހާއާއި ދެކޮޅަށް ދައުލަތުން އެއް ހެކިތަކެއް ހުށަހަޅާފައިވާއިރު އެއީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކާއެކު ޖުމްލަ 110 ހެއްކެވެ.