English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު ޝިޔާމް

މި ސަރުކާރަށްވުރެ، ކުރީ ސަރުކާރުގެ ސްޕީޑް މާ ސްލޯކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ދެއްކެވި ވާހަކަތަކައް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުން އަހްމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި، އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ ޕްރޮޖެކްޓްތައް ސްލޯ ކަމަށްބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން މަބްރޫކް ވިދާޅުވީ ކުރީ ސަރުކާރުން، ހިޔާ މަޝްރޫޢުވެސް ފައްޓަވާފައިވަނީ ވެރިކަމުގެ ހަތަރުވަނަ އަހަރުގެ ތެރޭގައިކަމަށެވެ.ކުރީ ސަރުކާރުގެ އެންމެ ފަހު އަހަރު ކެމްޕޭން ޖަލްސާ ހިޔާ ފްލެޓްތައް ކައިރީ ބޭއްވި އިރުވެސް އެތަން ރަނގަޅަށް ރާނާ ވެސް ނުނިމޭކަމަށް މަބްރޫކު ވިދާޅުވިއެވެ،

މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ހުޅުމާލޭގެ ފޭސްދޭއްގެ މެގަ ޕްރޮޖެކްޓް ފެށުމުގެ ކުރިންވެސް ރައީސް ޔާމީންގެ ސަރުކާރުން ފޭސް އެކެއްގައި 700 އަށްވުރެ ގިނަ ހައުސިން ޔުނިޓް އަޅާފައިވާކަަމަށެވެ. އަދި ސަރުކާރުން ހިޔާގެ ފްލެޓްތައް އަޅާފައިވާ ބިމަކީ ޔާމީންގެ ވެރިކަމުގައި 78 ދުވަހުން ހިއްކައި ރިވެޓްމަންޓް ޖެހި ބިމެއް ކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އެ ބިންގަނޑު ހަމަޖެހެން ވަގުތު ވެސް ދިނުމަށް ފަހު، 13،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ރައީސް ޔާމީންގެ ވެރިކަމުގައި އަޅާފައިވާކަމަށެވެ.

މި ސަރުކާރަށް ރެޑީކޮށްފައި އޮތް ބިމެއްގައި ތިން އަހަރުވި އިރުވެސް އެންމެ ޕްރޮޖެކްޓެއްވެސް ފެށިފައިނުވާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ‘ސޯލިހު ހަބޭހަށް ސްލޯ’ ކަމަށެވެ.