English Edition
Dhivehi Edition

މިސަރުކާރަށް ބުރިޖު ނޭޅޭނެކަން އެންމެންނަށްވެސް އެނގޭކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝީޔާމް މިހެން ވިދާޅުވީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކުރެއްވި ޓުވިޓެއްގައެވެ،

ސިނަމާލެ ބުރިޖުގެ ވީޑިއޯ އެއް ހިއްސާކުރައްވާ ޝިޔާމް ކުރެއްވި ޓުވިޓުގައި ވިދާޅުވީ މިސަރުކާރަށް ބުރިޖު ނޭޅޭނެކަން އެންމެންނަށްވެސް އެނގޭކަމަށާއި އެކަމަކު އަޅާފައި އޮތް ބުރިޖާއި އެބުރިޖާ ގުޅިފައިވާ ހައިވޭ ކުނިކަހާ ސާފުކޮށްލެވޭނެ ކަމަށް ހީފުޅުކުރެއްވި ކަމަށެވެ.

“މިސަރުކާރަށް ބުރިޖު ނޭޅޭނެކަން އެންމެންނަށްވެސް އެނގޭ. އެކަމަކު އަޅާފައި އޮތް ބުރިޖާ އެބުރިޖާ ގުޅިފައިވާ ހައިވޭ ކުނިކަހާ ސާފުކޮށްލެވޭނެ ކަމަށް ހީކުރިން. ޑިވައިޑަރުގައި އަޅާފައިހުރި ލޯވަޅުތައްބެދި ގަސްފަޅައިފި. ވާރޭވެހިއްޖެނަމަ ދަތުރުކުރާ ފަރާތްތަކަށް ހުރިހާ ތުރާލެއް.” ޝިޔާމްގެ ޓުވިޓުގައި ވިދާޅުވިއެވެ،