English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު ޝިޔާމް

ކުރިން ސަރުކާރަކީ ލާމަރުކަޒީ ނިޒާމުގެ ވާހަކަދައްކާ ބައެއް ކަމަށާ އެހެންނަމަވެސް އަމަލުން އެ ނިޒާމަށް ‘ކޮންޓްރިބިއުޓް’ ކުރަން ޖެހުމުން ސަރުކާރުން ފަހަތަށް ޖެހެމުންދާ މަންޒަރު ފެނިގެން ދިޔަކަމަށް ފިޝަރީޒް މިނިސްޓަަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާގައި ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ތަންފީޒުވިޔަ ނުދޭކަމަށާ އެހެންނަމަވެސް މިހާރު ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ފުލްފްލެޖްގައި ތަންޒީފު ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

“އެ ނިޒާމަށް ފައްކާ ބޭފުޅެއް، އެ ނިޒާމަށް ފަރިތަ ބޭފުޅެއް، އެ ނިޒާމަށް ހިނގާނެ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ، އެކަމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެއް މިއަދު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވީ.” ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދީގެން ނޫނީ ލާމަރުކަޒީ ނިޒާމް އޭގެ ޒާތުގައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކެއް ނުދެވޭނެ ކަމަށެވެ. އެންމެ ފަހުން މާލޭގެ ތަސައްވަރެއްކުރެއްވީ ވެސް އޭރު މާލެ ސިޓީގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ.މުއިއްޒުކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެ މަނިކުފާނުގެ ތަސައްވަރުގައި ކުލަ ޖެއްސެވޭނީ، އެމަނިކުފާނުގެ ދަރިވަރިންނަށް ކަމަށެވެ.