English Edition
Dhivehi Edition
އައްޑުހައި ސްކޫލްގެ ދަރިވަރުންތަކެއް

ކުރިޔަށް އޮތް ދިރާސީ އާ އަހަރަށް ގްރޭޑް އެކަކުން ފެށިގެން 12 އަށް ކިޔަވައިދޭން ބޭނުންކުރާ އިސްލާމާއި ޤުރްއާން މުޤައްރަރު ޗާޕްކުރާއިރު އެ ފޮތްތަކުގައިވާ ޤުރުއާންގެ އާޔަތްތައް އުނިކުރުން ނިންމާފައިވާކަމަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ޖަމިއްޔަތުއްސަލަފުގެ ރައީސް އަބްދުﷲ ބިން ޖަނާބް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށް އަބްދުއްﷲ ކުރެއްވި ޓުވިޓެއްގައި ބުނީ ކުރިޔަށް އޮތް ދިރާސީ އާ އަހަރަށް ގްރޭޑް އެކަކުން ފެށިގެން 12 އަށް ކިޔަވައިދޭން ބޭނުންކުރާ އިސްލާމާއި ޤުރްއާން މުޤައްރަރު ޗާޕްކުރާއިރު އެ ފޮތްތަކުގައިވާ ޤުރުއާންގެ އާޔަތްތައް އުނިކުރުމަށް އެޑިއުކޭޝަނުން އަންގާފައިވާ އެންގުމަކީ ޤުރުއާނާއި އިސްލާމު މާއްދާއަށް ދަރިވަރުންގެ އަހަމިއްޔަތުކަން ކުޑަކުރާކަމެއްކަމަށެވެ.

މީގެ އިތުރުން މި ޓުވިޓްގައި ވަނީ މިއީ ދުރުމުސްތަޤްބަލެއްގައި އިސްލާމްދީނާ އި ދިވެހި ދަރީން ދުރުކޮށް، ބީރައްޓެހިކުރުމުގެ އަމާޒްހިފުމެއްކަމުގައި ނޫނީ ނުވާނެކަމަށެވެ، އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، #އެމްޑީއެން ގެ ލާދީނީ ސިޔާސަތު ތަންފީޒު ވަމުންދާ ދިއުމާއި މެދު ދިވެހި ރައްޔިތުން، ޚަބަރުދާރުވުމަށް އިލްތިމާސްކުރާކަމަށް މި ޓުވިޓްގައި ވަނީ ބުނެފައެވެ.

މި ވާހަކަތަކާއި ގުޅިގެން އަދި މިނިސްޓްރީން އެއްވެސް ވާހަކައެއް ހިއްސާކޮށްފައިނުވާއިރު މި އަހަރުގެ އިސްލާމް ފޮތްތަކުގައި ލިއެފައިވާ ޤުރުއާނުގެ އާޔަތްތަކުގައި ބޮޑެތި ކުށްތަކެއް ހުރި ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.