English Edition
Dhivehi Edition
ފޭދޫ ސްކޫލުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ފޭދޫ ސްކޫލުގެ އަލަށް އެޅޭ އިމާރާތާއެކު އެ ސްކޫލު ވެގެންދާނީ މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވޭނެ ސްކޫލަކަށް ކަމަށާ އަދި އެންމެ ޒަމާނީ ހިދުމަތްތަކުގެ އިތުރުން އާ ގިނަ ކަންކަން ތައާރަފްވެގެންދާނެ ސްކޫލަކަށް ވެގެންދާނެކަމަށް މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ ރޭ ފޭދޫ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމާ، އެ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ގޮތުން މިނިސްޓަރު ވިދާޅުވީ 40 ކްލާސްރޫމާ އެކު ތަރައްގީކުރެވޭ މި ސްކޫލުގައި ރާއްޖޭގައި ހެދޭ އެންމެ ފުރަތަމަ ލެންގުއޭޖް ލެބް ހެދިގެން ދާނެކަމަށެވެ. އަދި މި ސްކޫލުގައޮ ފީފާ އިން ގަބޫލުކުރާ ފެންވަރުގެ ޓާފް ފުޓުބޯޅަ ދަނޑެއްވެސް ތަރައްގީކުރެވިގެން ދާނެކަމަށް އިސްމާއީލް ޝަފީއު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ސްކޫލުގެ ޓީޗަރުންންނަށް، އެމީހުންގެ ދަރިން ގޮވައިގެން ސްކޫލް މާހައުލުގައި އުޅެވޭނެ ގޮތަށް ޑޭ ކެއާ ސެންޓަރެއް ގާއިމުކުރުމަށް ނިންމާފައިވާ ކަަމަށެވެ. އަދި މިއީ މުޅިން އަލަށް ރާއްޖޭގެ ސްކޫލެއްގައި ގާއިމުވެގެން ދާ ހިދުމަތެއްކަމުގައި އިސްމާއީލް ޝަފީއު ވަނީ ފާހަގަކުރައްވާފައެވެ.

ފޭދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރެވިފައިވަނީ 480 ދުވަސްތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 145،292،400 ރުފިޔާއެވެ.