English Edition
Dhivehi Edition

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނު “އެކްސަސައިޒް އެކުވެރިން 2021″ގައި ބައިވެރިވުމަށް އިންޑިއާ ސިފައިން ރާއްޖެ އައިސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަހަރުގެ މި ތަމްރީންގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 11 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 43 ސިފައިން ކަމުގަ އެވެ. ރާއްޖެއިން މި ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސް — ކޯސްޓްގާޑުގައި މަސައްކަތް ކުރާ ސިފައިންނެވެ.

އެމްއެންޑިއެފުން ބުނީ މި ތަމްރީން ޕްރޮގްރާމްގެ މަގްސަދަކީ ރާއްޖެ އާއި އިންޑިއާގެ އަސްކަރިއްޔާއާއި ދެމެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި، ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުންކަމަށެވެ.

ސިފައިންގެ ސެންޓްރަލް އޭރިއާ ކޮމާންޑްގެ ހެޑްކްއާޓަޒް — ލ. ކައްދޫގައި އިއްޔެ ފެށި ތަމްރީން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ކައްދޫގެ އިތުރުން ލ. އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ،