English Edition
Dhivehi Edition
ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕްރޮގްރެސިވް ކޯލިޝަން ގެ ރިޔާސީ ކެންޑިޑޭޓު ބަދަލުނުވާކަމަށާއި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުންވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަން އިއުލާންކޮށްފައެވެ. އެހެންނަމަވެސް އެ މަނިކުފާނު ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔުމާއި ގުޅިގެން، ރިޔާސީ އިންތިހާބުގައި ޕާޓީގެ ކެންޑިޓޭޓަކަށް އެހެން ބޭފުޅަކު ނެރެންޖެހި ދާނެކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ދަށުކޯޓުން އިއްވި ފަސް އަހަރުގެ ޖަލުހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ވަނީ އެ މަނިކުފާނުގ މިނިވަން ކޮށްފައެވެ.

އިއްޔެ ރައީސް ޔާމީން މިނވަންވުމާއި ގުޅިގެން ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެ ކޮލިޝަނުން 2023 ވަނަ އަހަރުގެ ރިޔާސީީ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް ޔާމީން ކަމާއި މެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ. އަދި އެއަށް އެއްވެސް ބައްދަލެއް ނާންނާނެކަމަށާއި ރާއްޖޭގައި އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބެއްގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނީ ރައީސް ޔާމީންކަމަށެވެ،

މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ މި ހުކުމުގެ ސަބަބުން އަނިޔާވެރިކަން އަބަދަށް ދެމިގެން ނުދާނެކަން އެނގިގެން ހިނގައްޖެކަމަށެވެ. ޔާޟޔާމީނ