English Edition
Dhivehi Edition
ފޮޓޯ: އެމްޕީއެލް

ކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވޭރިއަންޓާއި ގުޅިގެން ހަތް ގައުމުން އަންނަ ކާގޯ ބޯޓުތަކަށް ރާއްޖޭގެ ޕޯޓްތައް ބަންދުކޮށްފިއެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓް އޮމިކްރޯންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފައިވާއިރު އެ ގައުމުތަކުގެ ކާގޯ ބޯޓުތައްވެސް ރާއްޖޭގެ އެއްވެސް ބަނދަރަކަށް ވަނުން ވަނީ މަނާކޮށްފައެވެ، މި ގޮތުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކަކީ ދެކުނު އެފްރިކާ އާއި މޮޒަންބީކް، ލެސޯތޯ، ނެމީބިއާ،، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މި ހަތް ގައުމުގައި ޓްރާންސިޓްވެފައި އަންނަ އުޅަނދުތަކަށް ރާއްޖޭގެ އެއްވެސް ބަނދަރަކަށް ވަނުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.

ކޮވިޑް-19ގެ އާ ވޭރިއަންޓް، “އޮމިކްރޯން”އަކީ ރާއްޖެއަށް އޮތް ކަންބޮޑުވުމެއް ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ، އަދި މި ވޭރިއަންޓާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް ކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)ގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ،