English Edition
Dhivehi Edition

ހަލުވި ކަމާއެކު ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއެންޓް އައްޑޫސިޓީއާއި އެކު ރާއްޖޭގެ 11 ސަރަޙައްދަކުން ފެނިއްޖެއެވެ. ހެލްތް މިނިސްޓްރީން މިހާރު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހީމް ފައިސަލް ވިދާޅުވީ، އޮމިކްރޮން ވޭރިއެންޓް ފެނިފައި ވަނީ އައްޑޫސިޓީގެ އިތުރުން މާލެ ސަރަހައްދާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ، ލ. ގަން، ލ. ހޮޅުދޫ، ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަން، ފ. މަގޫދޫ، އަދި ކ. ތުލުސްދޫ އިން ކަމަށެވެ. މިހާތަނަށް އޮމިކްރޮން އަށް ޓެސްޓް ކުރުމަށް 1196 ސާންޕަލް ފޮނުވާފައިވާ އިރު އޭގެ ތެރެއިން 74 ކޭސް ފައްސިވެފައިވާ ކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ.

ޑޮކްޓަރ ފައިސަލް ވަނީ އޮމިކްރޯން ގެ މި ސްޓްރެއިން އެހެން ވޭރިއެންޓް ތައް އޯވަޓޭކް ކުރަމުން ދާ ކަން ހާމަކުރައްވަމުން މިކަމުން އަރައިގަތުމަށް ގައިޑްލައިން ތަކަށް ބޯލެނބުމަށާއި ބޫސްޓަރ ޑޯޒް ޖެހުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.