English Edition
Dhivehi Edition

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވޭރިއަންޓާއި އެކު އަންނަ މަހު ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެންމެންނަށް ބޫސްޓާ ޑޯޒް ދޭން ފަށާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ،

ރައިސް ސޯލިހް ވިދާޅުވީ ކޮވިޑް-19ގެ އާ ވޭރިއަންޓް، “އޮމިކްރޯން”އަކީ ރާއްޖެއަށް އޮތް ކަންބޮޑުވުމެއް ކަަމަށެވެ. އެހެންކަމުން އާ ވޭރިއަންޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް ކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)ގެ ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

މިހާރުވެސް ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒްޖަހަމުން އަންނައިރު ރައީސް ސޯލިހް ވިދާޅުވީ އަންނަ މަހުގެ މެދުތެރޭގައި ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް ބޫސްޓާ ޑޯޒް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިހާރު 50 އަހަރުން މަތީގެ މީހުންނަށް ތިން ވަނަ ޑޯޒް ދެމުން އަންނައިރު އަންނަ ހަފްތާއިން ފެށިގެން ސިއްހީ ހިދުމަތްތެރިންނާއި ފްރޮންޓްލައިން މަސައްކަތްތެރިންނަށް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފަށާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ބޫސްޓާ ޝޮޓު ޖެހުމަށް ޝަރުތު ހަމަވާ ހުރިހާ އެންމެން ވެސް އެ ޑޯޒް ފުރިހަމަކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.