English Edition
Dhivehi Edition
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެެވެ،

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކޮވިޑް ޖެހިގެން ނ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު ދޭއް ޖަހާކަން ހާއިރު ކަމަށެވެ. ނިޔާވެފައި ވަނީ އުމުރުން 54 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއީ މި ބަލީގައި ރާއްޖެ އިން ނިޔާވި 249 ވަނަ މީހާއެވެ.

މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު ވެސް މިއަދު ހެނދުނު 10:42 ގައި ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ އުމުރުން 90 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 250 އަށް އަރައިފައެވެ.