މީދޫ ސޯޝަލް ސެންޓަރުގެ އައުޓްޑޯ އޭރިއާ ތަރައްޤީ ކުރުމަށް މުލިމަތި ޖަމްއިއްޔާ އާއި ހަވާލުކޮށް މީދޫ އަވަށު އޮފީހާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މީދޫ މުލިމަތި ޖަމްއިއްޔާ އިން އިސްނަގައިގެން ރަށުގެ ޒުވާނުންނާއި ގުޅިގެން މީދޫ ސޯޝަލް ސެންޓަރުގެ އައުޓްޑޯ އޭރިއާ ތަރައްޤީކުރުމުގެ ގޮތުން އެ ސެންޓަރުގެ ވަށާ ފާރު 04 ފޫޓަށް ތިރިކޮށް ނަރުދެޔޮ ޖެހުމަށް ވަނީ ނިންމާފައެވެ. “ޅިވަރު ކުޅޭ ތަންތަނަކީ ގިނަ ބަޔަކަށް ފެންނާނެހެން، ވިހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އޮންނަން ޖެހޭ ތަނެއްކަމުގައި ގިނަ ބަޔަކު ދެކެއެވެ. އެހެންކަމުން މި ޖަމިއްޔާއިން ބޭނުންވަނީ މިހާރުވެސް ސޯޝަލް ސެންޓަރުގައި ގޭޓު ހުރި ތަނުގައި ގޭޓު ބެހެއްޓުމަށްފަހު ވަށާފާރު 04 ފޫޓަށް ތަޅާލުމަށް ނަރު ދެޔޮޖަހާ، ފާރުތައް ރީތިކޮށް، ފާރުގައި އިޖްތިމާއީ މެސެޖްތައް ޖަހަން” އެ ޖަމްމިއްޔާ އިން ވަނީ ބުނެފައެވެ،
ސޯޝަލް ސެންޓަރަކީ ރަށުގެ މެދުތެރޭގައި އޮތް ތަނެއްކަމުން، އެ ތަނުގެ އެތޭރޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ވިއްސާރަ މޫސުމުގައި ބޭނުންކުރެވޭ ތަނެއްކަން ފާހަގަކޮށް މުލިމަތި ޖަމްމިއްޔާ އިން ވަނީ ް މި މައްސަލަ ހައްލުކުރުމަށްޓަކައި އެތަނުގެ އެތެރެއަށް 8 އިންޗިއަށް ފަސް އަޅަން ނިންމާފައެވެ.
ސޯޝަލް ސެންޓަރުގައި އަދިވެސް އިތުރު ކުޅިވަރުތައް ކުޅެވޭނެ ޖާގަ އޮތުމާއެކު.އެހެންކަމުން އެ ސެންޓަރުގެ އެތެރޭގައި އިތުރު ވޮލީ ކޯޓެއް އަޅަންނިންމާފައިވާއިރު އެ ކޯޓަކީ އަލަށް މި ކުޅިވަރުގެ ތެރެއަށް ނުކުންނަން ބޭނުންވާ ޒުވާނުން ތަމްރީނު ކުރުމަށްބޭނުން ކުރެވިގެންދާނެ ކޯޓެއްކަމަށް މުލިމަތި ޖަމްމިއްޔާ އިން ވަނީ ބުނެފައެވެ، މީގެ އިތުރުން ބެޑްމިންޓަން އަކީ މިހާރު އައްޑޫ ގައި ވަރަށް ފޯރިއާއި އެކު ކުޅޭ ކުޅިވަރެއްކަމުން މި ކުޅިވަރު ދިރުވާ އާލާކުރުމަށް ސޯޝަލް ސެންޓަރުގައި ބެޑްމިންޓަން 02 ކޯޓު ހެދުމަށް ވަނީ ނިންމާފައެވެ.
ރަށުގެ ކުޅިވަރު ކުޅޭ ގިނަ ބަޔަކާއި މަޝްވަރާކުރުމަށްފަހު، އެތަނުގެ ވަށައިގެންވާ ފާރު 04 ފޫޓަށް ތިރިކުރުމަށްފަހު، އެތަނުގައި ފެންސު ޖަހާ އެތަނަކީ ގިނަ ބަޔަކަށް ފެންނަށް ގޮތަށް އޮންނަ ތަނަކަށް ހެދުމަށް މުލިމަތި ޖަމްމިއްޔާ އިން މަސައްކަތްކުރަމުން އަންނައިރު އެ ތަނުގެ އިމާރާތުގެ އެތެރެ ތަރައްޤީކުރުމަށް މީދޫ ކްލަބް ލޮތާރި އާއި ވަނީ ހަވާލުކޮށްފައެވެ.