English Edition
Dhivehi Edition

މިއަހަރު އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މީދޫގައި ‘އައްޑޫ އީދު ފެސްޓިވަލް’ ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރޭގައި ހިމެނޭ މިކްސް ޕާކް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ މީދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ، މި މުބާރާތުގައި ބައިވެރިވާ ޓީމެއްގައި ހިމެނޭނީ މަދުވެގެން 4 ކުޅުންތެރިން އަދި ގިނަ ވެގެން 5 ކުޅުންތެރިން ހިމެނޭއިރު ކޮންމެ ޓީމެއްގައިވެސް ދެ އަންހެން ކުޅުންތެރިން ހިމަނަންޖެހޭކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 02 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، މި މުބާރާތުގައި ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމްގެ އިތުރުން އެންމެ މޮޅު ފަސްކުޅުންތެރިން އަދި މުބާރާތުގެ ކިންގް އެންޑް ކުއިން ހޮވުމަށްވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ މީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީދު ފެސްޓިވަލް އަކީ ޒުވާނުންތަކެއްގެ އިސްނެގުމަކަށް، ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުއައްސަސަތަކާއިވެސް ގުޅިގެން ބާއްވާ ފެސްޓިވަލްއެކެވެ.