English Edition
Dhivehi Edition

މިއަހަރު އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މީދޫގައި ‘އައްޑޫ އީދު ފެސްޓިވަލް’ ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރޭގައި ހިމެނޭ ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުލިމަތި ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި 14 އަހަރުން މަތީގެ، ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޓިމް ލިސްޓު ހުށަހަޅަންޖެހޭ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހު މެންދުރު 12:00 އެވެ.

އެއް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި މުބާރާތުގައި 4 ޓީމަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނީ މުބާރާތުގެ ޖާގަ ލިބިގެންދާ 04 ޓީމު ކަނޑައަޅާނީ “ފަސްޓް ކަމް، ފަސްޓް ސާވް” އުސޫލުންކަމަށެވެ. މި މުބާރާތުގެ ކޮންމެ ޓީމެއްގައި 6 ކުޅުންތެރިން ތިބެންޖެހޭއިރު، މުބާރާތް ކުރިއަށްދާއިރު، ކޮންމެ ޓީމަކުންވެސް އެ ޓީމެއްގެ ކުލަ ރަމްޒުކޮށްދޭ ޓީޝާޓެއް/ބިބެއް ބޭނުންކުރަން ޖެހޭނެކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ މީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީދު ފެސްޓިވަލް އަކީ ޒުވާނުންތަކެއްގެ އިސްނެގުމަކަށް، ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުއައްސަސަތަކާއިވެސް ގުޅިގެން ބާއްވާ ފެސްޓިވަލްއެކެވެ. މިއަހަރުގެ ބޮޑު ޢީދާއި ދިމާކޮށް 3 ދުވަހަށް ބަހާލައިގެން އެކި ހަރަކާތްތަށް ރާވާފައިވާއިރު އީދުގެ ފޯރި އިތުރަށް ގަދަކުރުމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މުބާރާތާއި ބެހޭ އިތުރު މައުލޫމާތު: https://www.facebook.com/mulimathiunited

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://1drv.ms/b/s!Aifh-Tqbssp3gSpedHGTU_O5VwBJ