English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީ މީދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީ މީދޫ އަވަށު އޮފީހާއި އެ ރަށުގެ ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް ފަށާފައިވަނީ މިއަދު ފަތިސް ނަމާދަށް ފަހު ޤުރުއާން ހަތިމުކުރުމުންނެވެ. މީދޫ ޝަރީފީ ޕްރީ ސްކޫލުގައި ފަތިހު ކުރިއަށް ދިޔަ ހަތިމްކުރުމައި އެ ރަށުގެ ގިނަ އަދަދެއްގެ އަންހެނުންވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މިއަދު ހެނދުނު 6:00 ގައި ވަނީ ސ.އަތޮޅު މަދަރަސާއިން ފެށިގެން ކޯގަންނު ގަބުރުސްތާނާ ހަމައަށް ‘އެއްބައިވަންތަކަމުގެ ހިނގާލުމެއް’ ބާއްވާފައެވެ.

މީގެ އިތުރުން މިއަދު ހަވީރު މީދޫ ރާފަޅާ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިރޭ ފުޓްސަލް މެޗެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތަކީ މީދޫ އަވަށު އޮފީސް، ކްލަބް ލޮތަރި، މުލިމަތި ޔުނައިޓެޑް، މީދޫ އެކުވެރިންގެ ޗޭނު، ނަލަފެހި މީދޫ، ޝާއިރުންގެ ވާދީ، ރާފަޅާ ކޮމިއުނިޓީ ގުރޫޕް އަދި މީދޫ ޑައިނަމިކް ކޮމިއުނިޓީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.