English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން ކުރިއަށް އޮތް އަހަރަށް ރާވާފައިވާ ހަރަކާތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް، މަޝްވަރާގެ ބައްދަލުވުމެއް ފުވައްމުލައް ސިޓީ ކައުންސިލާއި އެކު ބާއްވައިފިއެވެ،

ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ މީޓިން ރޫމުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ކްރިކްޓް ޑިވެލޮޕްމެންޓް ކޯޗް މުހައްމަދު ލިއަމް އައީ ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢިލް ރަފީޤު އާއި ކައުންސިލަރު މުހައްމަދު އިސްމާޢިލްގެ އިތުރުން ސެކެޓްރީ ޖެނެރަލް އަސްލަމް ރަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ،

މި ބައްދަލުވުގައި ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ކުރުއަށް އޮތް އަހަރަށް ރާވާފައިވާ ހަރަކާތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ، މީގެ އިތުރުން ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް އާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ގުޅުން އިތުރަށް ބަދެހިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ފާއިތުވި 10 އަހަރު ތެރެއިން ކާމިޔާބު ކަމާއިއެކު “ސާކް އަންޑަރ 23” ކްރިކެޓް ޓޯނަމެންޓް ބޭއްވުނުކަން ކްރިކެޓް ބޯޑުން ވަނީ ފާހަގަކޮށްފައެވެ.

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން ، ކްރިކެޓް ތަރައްގީކުރުމަށް ހިންގޭ ޕްރޮގްރާމްތައް ދިރާސާކޮށް، އެ ޕްރޮގްރާމް ހަރުދަނާކޮށް ނަތީޖާ ނެރެވޭނެ ފަދަ ޕްރޮގްރާމަކަށް ހެދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.