English Edition
Dhivehi Edition
ސަން ފޮޓޯ/ މާޝާ ނައީމް

ގއ.ގެމަނަފުށީގެ ފްޓްސަލް ދަނޑު މަރާމަތުކުރުމުގެ މަސައްކަތް ކޮށް ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ އިން ކުރި އިއުލާނެއްގައި ވަނީ ގއ.ގެމަނަފުށީގެ ފްޓްސަލް ދަނޑު ލެވެލްކޮށް، ޕިޗް ބަދަލުކޮށް ފެންސް މަރާމާތުކޮށް އަދި އެހެނިހެން މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 09 ޑިސެމްބަރ 2021 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގައި ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މި މަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 12 ޑިސެމްބަރ 2021 ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.މީގެ އިތުރުން ކައުންސިލުން ބުނީ ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެކަމަށާއި އަދި ޕްރީބިޑް މީޓިންގައި ބައިވެރި ނުވިނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެކަމަށެވެ. މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 23 ޑިސެމްބަރ 2021 ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.