English Edition
Dhivehi Edition

ދެ ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

އެގޮތުން ހުވަދުއަތޮޅު އުތުރުބުރީ ގެމަނަ ފުށީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކުރުމަށާއި މުލަކަތޮޅުގެ ރަތްމަންދޫ ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތްވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

ގއ. ގެމަނަފުށީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށް ހަވާލު ކޮށްފައިވަނީ ލައިކަންސް އިންވެސްޓްމަންޓް އާއެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތަށް 4،461،159.84 (ހަތަރު މިލިޔަން ހަތަރުސަތޭކަ ފަސްދޮޅަށް އެއް ހާސް ސަތޭކަ ފަންސާސް ނުވަ ރުފިޔާ އަށްޑިހަ ހަތަރު ލާރި) ޚަރަދުވެއެވެ.

މިއެއްބަސްވުމުގައި ޔޫތު މިނިސްޓްރީން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އިސްމާއިލް ރަޢޫފްއެވެ. ލައިކަންސް އިންވެސްޓްމަންޓުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރި ފަރާތް ޢަބްދުﷲ ކަލީމްއެވެ.

ޔޫތު މިނިސްޓްރީން ރަތްމަންދޫ ފުޓްޞަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައި ވަނީ ނެގާއި އިންވެސްޓްމަންޓާއެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 50 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތަށް 1،468،887.59 ( އެއް މިލިޔަން ހަތަރުސަތޭކަ ފަސްދޮޅަސް އަށްހާސް އަށްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ނުވަދިހަ ލާރި) ޚަރަދުވެއެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރ ހައްވާ ނިހުލާއެވެ. ނެގާއި އިންވެސްޓްމަންޓުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ލަޠީފްއެވެ.