English Edition
Dhivehi Edition

ގއ. ގެމަނަފުށީގައި ވޮލީބޯލް ކޯޗިން ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސިލް އިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ވޮލީބޯލް ދިރުވާ އާލާ ކުރުމަށާއި، ހުނަރުވެރި ކުޅުންތެރިން ރަށުގައި އުފެއްދުމަށްޓަކައި 15 ދުވަހުގެ ވޮލީބޯލް ކޯޗިން ކޭމްޕެއް، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި އެރަށު ކައުންސިލާއި ގުޅިގެން ބޭއްވުމަށް ނިންމައިފައިވާ ކަމަށެވެ.

މި ކޭމްޕް ކުރިޔަށް ދާން ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރު 2022 އިން 15 ސެޕްޓެމްބަރު 2022ގެ ނިޔަލަށް ކަމަށާއި އުމުރުން 17 އަހަރުގެ މަތީ 02 ޖިންސުގެ ޒުވާނުންނަށް މިކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިޢުލާންގައި ބުނެފައިވެއެވެ.

މި ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތައް 21 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އެރަށު ކައުންސިލްގެ ސްޕޯރޓްސް ކައުންސެލަރ، މޫސާ މަޖީދު (9990637) އަށް ގުޅުއްވައި ނަން ނޯޓު ކޮށްދެއްވުމަށް ވެސް ވަނީ އެދިފައެވެ.